ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ބޭންކްގެ ބޯޑުން ނިންމި ނިންމުން މުރާޖާކުރުމަށް ބީއެމްއެލްގެ ބޯޑު ބައްދަލުވުމެއް މިއަދު 13:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކްގެ ނިންމުން ބަދަލުކުރުމަށް ބޮޑު ބައްްދަލުވުން ބާއްވާކަން ވޮއިސްއަށް ވަނީ ސަރުކާރުގެ އިސްވެރިއެއް ކަށަވަރުކޮށްދީފައެވެ.
ޤައުމީ ބޭންކުން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުން ކުރެވޭ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ބީއެމްްއެލުން ގެނައި މި ބަދަލާ ގުޅިގެން މިހާރު ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް އެއްވެސް ތަނަކަށް ފައިސާއެއް ނުދެއްކޭނެއެވެ. ހަމަ އެހެންމެ ރާއްޖެއިން ބޭރުގެ އެއްވެސް ޕީއޯއެސް އަދި އޭޓީއެމަކުންވެސް ފައިސާ ނެގުމުގެ ހިދުމަތެއް ނުލިބޭނެއެވެ.
ތަފްސީލް އަންނަނީ…



