Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޑޮލަރުގެ ދަތިކަމުގެ މައްސަލަ މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ހައްލުވާނެ ކަމަށް ބެލެވޭ: އަޒާން

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލަ މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ހައްލުވާނެ ކަމަށް ބެލެވޭކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ބީއެމްއެލުން ވަނީ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށާއި، މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމަށް ނިންމާފައެވެ.

ބީއެމްއެލްގެ މި ނިންމުމަށް އާންމުންގެ ގިނަ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށެވެ. އަދި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، އޭގެ ސަބަބުން ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެކަން ޤަބޫލުފުޅުކުރައްވާކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވަނީ އެ ނޫން ގޮތެއް އޮތްނަމަ ‏ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން އެކަން އެގޮތަށް ނުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަމަށްވާއިރު، އެމްއެމްއޭ އަށް ލިބޭ ޑޮލަރުުން ބޭރުގެ ދަރަނި ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ތެޔޮގަތުމާއި، ބޭންކުތަކަށް ޑޮލަރު ދޫކުރުން ފަދަ މުހިއްމު ކަންކަން ކުރަންޖެހޭކަން އަޒާން ވަނީ ފާހަގަ ކުރައްވާފައެވެ.

“އޯގަސްޓު/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަސް.  މިއީ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީވެސް ބޭންކުތަކުން. ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން.” – އަޒާން

އަދިި ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މި ހިނގާ އޯގަސްޓް އަދި ކުރިއަށް އޮތް ސެޕްޓެމްބަރު ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް ކަމަށްވެސް އަޒާން ވަނީ ވިދާޅުވެފައެވެ.

އަޒާން ވަނީ ޑޮލަރުގެ ތާށިކަން ބޮޑުއިރު، ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށާއި، ޑޮލަރުގެ ދަތިކަމުގެ މައްސަލަ މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ހައްލުވާނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

“އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ. އަދި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ.” އަޒާން ވިދާޅުވިއެވެ.

ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ