ކުޑަކުއްޖެއްގެ ގައިގާ ޖަހާ, މާރާމާރީ ހިންގި މައްސަލާގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ހޯދަނީ ގދ. ގައްދޫ، ދިލްވާރުގޭ ޝަފުރާ ޢަބްދުﷲ އާދަމް، 25، އެވެ.
ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާގޮތުން އެއީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އަދި ޝަފޫރާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، އަންމަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަފުރާ، މާލޭގައި ހުންނަ ޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައިވެ އެވެ.



