- Advertisement -ad image

ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން އެކަނިވެސް މިއަހަރު 7 މިލިއަން ރުފިޔާ ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ޖުމްލަ ހަތް މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ނުވަސަތޭކަ އަށް ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާ ކަމަށާއި މީގެ ތެރޭގައި  އޮންލައިންކޮށް  އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނޭ ކަމަށެވެ..

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި ސާޅިސް ފަންސާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ލިބިފައިވާއިރު ފަގީރުން ނެތް ރަށްތަކުގެ ގޮތުގައި ހިމެނެނީ ޖުމްލަ 42 ރަށް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ..

އެގޮތުން ފަގީރުންނެތް ރަށްރަށަކީ ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ، ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ. ދިއްގަރު، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ. ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ. ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، ދ. ރިނބިދޫއެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ ހަތް މިލިއަން އަށްލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އެއް ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ އެގާރަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް ފަހެއް) ކިލޯ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ..

އެއީ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު ދިހަހާސް ނުވަދިހަ ދެ ކިލޯއާއި

ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު އެއްހާސް ތިންސަތޭކަ ހަތެއް ޕޮއިންޓް ހަތަރެއް، ފަހެއް ކިލޯއެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ