ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރުދިޔަ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ކ.މާލެ، އަހުމަދު ތަސްލީމް މުހައްމަދު (42އ) އެވެ.
ތަސްލީމުގެ އާއިލާއިން ބުނީ، ފިނޮޅުގައި އޭނާ ނެތުމުން ހޯދުމަށްފަހު ނުފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 01:00 އެހާއިރު ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ތަސްލީމު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގެއްލުނީ މޫދަށްކަން އަދި ޔަގީނެއް ނޫންކަމަށް ބުނެފައެވެ.



