ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއި އެއްކޮށްލަން ކެބިނެޓުން ނިންމައި އެ ދެކުންފުނިން ކުރާ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމުން އެޗްޑީސީން މިހާރު ކުރަމުން އަންނަ އިޖުތިމާއީ ބޯހިޔާވެހިކަމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ އެފްޑީސީން ކަމަށެވެ.
މިއާއެކު މިހާރު ރީޖަނަލް އެއާޕޯޓުތައް ހިންގާ އާރުސީއެލްގެ ޑިރެކްޓަރުންގެ ބޯޑު އުވައިލާނެ އެވެ. އަދި އެ ކުންފުނި ހިންގާނީ އެމްއޭސީއެލްގެ ބޯޑުންނެވެ. ދެކުންފުނީގައި ހުންނާނީ އެއް މެނޭޖިންގް ޑިރެކްޓަރެކެވެ.
އޭގެ އިތުރުން އެޗްޑީސީން ޙަރަކާތްތެރިވާނީ ސަރުކާރުގެ ބޮޑެތި އާބަން ޕްރޮޖެކްޓުތަކުގެ މާސްޓާ ޑިވޮލޮޕަރެއްގެ ގޮތުގައިކަން ޑރ. ހައިދަރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު އެޗްޑީސީ އަކީ އާއްމުންގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށްވެސް ހައިދަރު ވަނީ ވިދާޅުވެފައެވެ.
އަލަށް ގެންނަ ބަދަލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.



