ކޮޓަރިއަކަށް ދާން ފިރިހެނަކަށް ދައުވަތު ދިނުމަށްފަހު، އަންހެނަކާއި އިތުރު މީހަކު ވެގެން އެމީހާގެ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ދިވެހި ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސް އަކަށް ގެންގޮސް އެހެން ދިވެހި ފިރިހެނަކާ ބައިވެރިވެގެން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގެނަފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ.
މި މައްސަލައިގައި ތުހުމަތުގައި 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އައިޝަތު މަލްޖާ މޫސާ ދީދީއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



