ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ 36 އަހަރުގެ ފިރިހެނެކެވެ. މަޢުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އެ ރަށަށް ނިސްބަތްވާ މީހެކެވެ.
އެ މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމެއް އަދި ނެތް ކަމެއްވެސް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.



