Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތަސްލީމު ހޯދަން އިންޓަރޕޯލުގެ ޔެލޯ ނޯޓިސްއަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ)  ހޯދަން އިންޓަރޕޯލުގެ ޔެލޯ ނޯޓިސް ނެރެދޭން ފުލުހުން އެދިއްޖެ އެވެ.

25 މީހުންނާއި ދެ ކުޑަކުދިން ހިމެނޭ ގްރޫޕަކާއެކު ތަސްލީމު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުގޮސްފައިވަނީ އޮަގަސްޓް 29 ވަނަ ދުވަހުއެވެ. ތަސްލީމް ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 2024 އޮގަސްޓް 30 ވަނަ ދުވަހުގެ މެންދުރު 1:20 ހާއިރުއެވެ.

އަދި  ރިޕޯޓްކުރުމާއެކު ތަސްލީމްގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށާއި އޮގަސްޓް 31, ސެޕްޓެމްބަރު 1 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތަސްލީމު އާއެކު ދަތުރުދިޔަ ގްރޫޕު އެފަސްގަނޑަށް ދަތުރުދިޔައިރު އެފަސްގަނޑުގައި އިތުރު ބަޔަކު ދަތުރުގޮސްތިބި ކަމަށެވެ. އޮގަސްޓް 30 ވަނަ ދުވަހު ހެނދުނު ތަސްލީމް، ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓީ އަދި ވީޑިއޯ ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފަސްގަނޑުގައި ތަސްލީމު ހުއްޓާ އެންމެފަހުން ފެނިފައިވަނީ އެދުވަހުގެ 07:00 އާއި 09:00 އާއި ދޭތެރޭގައި ކަމަށްވެސް ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ތަސްލީމް މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައިވުމުން އެ ދުވަހުގެ ހެނދުނު 10 އާއި 11 އާ ދޭތެރޭ މާލެ ފުރަން އޮތް ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލުމަށް އޭނާ ހޯދުމުން ފެނިފައި ނުވާ ކަމަށައި އެހެންވެ, އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް އާއިލާއަށް އެ މީހުން ގުޅި ކަމަށެވެ.

ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަންވެސް ތަގުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް ތަސްލީމާއެކު ދަތުރުދިޔަ މީހުންނާއި ސުވާލުކޮށްފައިވާ ކަމަށާއި އަދި އެފަސްގަނޑަށް ދަތުރުގޮސް އުޅުނު އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާވެސް ސުވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތަސްލީމް މާލޭގައި އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތަސްލީމްގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގުކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް އާއިލާއާ ހިއްސާކުރަމުންގެންދާ ކަމަށް ފުލުހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ