Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުން، ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް: ޙުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މިއަދުގެ ހުކުރު ނަމާދުގެ ޙުތުބާގައި މުސްލިމު އަޚުންނަށް އެހީތެރިވުމުގެ މާތްކަމާއި މުހިންމުކަން ފާހަގަކޮށް، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުން، ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތްކަމަށް ބުނެފިއެވެ.

“އެންމެ މަންފާހުރި މީހާ” މި މައުޟޫއަށް ޚާއްޞަކޮށް ގެނައި މި ޙުތުބާގައި ވަނީ ކީރިތި ރަސޫލާގެ މުހިންމު ޙަދީޘްފުޅެއްގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. 

ރަސޫލާ އާ ސުވާލުކުރެއްވުނެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، ކޮބައިތޯއެވެ؟ ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ.(އެކަލާނގެ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) “މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާއެވެ. އަދި ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ: އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ.” ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވާށެވެ! އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެއެވެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެއެވެ.

ޙަދީޘްފުޅުގެ ދަށުން ޙުތުބާގައި ވަނީ ފަސްކަމެއް ޚާއްޞަކޮށް ތަފްސީލް ދީފައެވެ.

މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން:

މިކަމުގައި މައިންބަފައިންނާއި، އަނބިދަރީންނާއި، ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށް އިސްކަންދިނުމުގެ މުހިންމުކަން ބަޔާންކުރެވުނެވެ.

މުސްލިމް އަޚުންނަށް ކުރިމަތިވާ މުޞީބާތްތަކުން އެހީތެރިވުން:
މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށްވެސް ދުނިޔެއާއި އާޚިރަތުގައި ލިބިދާނެ ފައިދާތައް ޙުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ދަރަނި އަދާކުރުމުގައި އެހީތެރިވުން:
އަތްމަތި ދަތި މީހުންނަށް އިތުރު މުހުލަތު ދިނުމާއި، ދަރަނީގެ ބައެއް މާފުކުރުމުގެ މުހިންމުކަން ބަޔާންކޮށްފައިވެއެވެ.

ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން:

މިކަމުގައި އިސްލާމްދީން ބާރުއަޅާ މިންވަރާއި ދިވެހިންގެ ނަމޫނާ ސިފަތައް ގެނެސްދީފައިވެއެވެ.

މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތްކުރުން:
މިއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށްވުރެ މާތް ކަމެއްކަން ޚާއްޞަކޮށް ފާހަގަކުރެވުނެވެ.

“އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީގައި ވާކަން އެނގޭ އިރު، އޭނާ ބަނޑު ފުރައިގެން ހުންނަ މީހާއީ، ތިމަންކަލޭގެފާނަށް ފުރިހަމައަށް އީމާންވާ މީހެއް ނޫނެވެ.” ޙުތުބާ ނިންމާލަމުން ގެނެސްދީފައިވާ ީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުގެ މާނައިގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ