ސްޓޭޓް އިިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އދ. ފެންފުށީގައި 500 ރުއް އިންދައިފިއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.
އަދި ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 500،000 ގަސް އިންދުމަށް ނިންމާފައިކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
“މި މުހިންމު މަޝްރޫޢުގައި ދެއްވި ނުހަނު އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި، އ.ދ. ފެންފުށީ ކައުންސިލްގެ މެންބަރުންނަށާއި، މުޅި ރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން,” ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.



