ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:30 ހާއިރު ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.



