- Advertisement -ad image

މާލެތެރޭގެ އެކި ސަރަހައްދުތަކުގައި ވެއްޓިފައިވާ ގަސްތަކާއި ގޮފިތައް ނަގަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ވާގަދަވުމުގެ ސަބަބުން މާލެތެރޭގެ އެކި ސަރަހައްދުތަކުގައި ވެއްޓިފައިވާ ގަސްތަކާއި ގޮފިތައް ނަގާ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީސް ހުންނަ މަގަށް ވެއްޓިފައިވާ ގިނަ އަދަދެއްގެ ގޮފިތައް ވަނީ ނަގާ ސާފުކޮށްފައެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ އަށްވަނަ ދުވަހު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފައެވެ. ވައިގަދަވުމުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ޕާރކްކޮށްފައިވާ ގިނަ ސައިކަލުތައްވެސް ވަނީ އިއްޔެގެ ވަގުތެއްގައި ވަޔާ އުކާލާފައެވެ.

 މޫސުން ގޯސްވުމުގެ ސަބަބުން މިހާރުވެސް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ވަނީ މިއަދުގެ 14:15 ވަންދެން ހުދު ސަމާލު ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ