ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަންފިއެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.
އަދި މިކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.
އަދިމި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން ތިން މީހަކު ޑީޕޯޓުކޮށްލިއިރު، ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.



