Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެންމެ އިސްކަމެއް ދެނީ މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުވެފައި އޮތުމަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ކަނޑުގެ ވާދަވެރިކަމުގެ ތެރެއިން އެ މަނިކުފާނުގެ ވެރިކަމުގައި، ޗައިނާ އަށް ރާއްޖެ ދީލާލާފައިވާ ކަމުގެ ތުހުމަތު ކުރެވުނަސް، މި ސަރުކާރުގެ އެންމެ އިސްކަމެއް ދެނީ މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުވެފައި އޮތުމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތެއްގައި އެގައުމަށް މިއަދު ވަޑައިގެން “ޓައިމްސް އޮފް އިންޑިއާ”. އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރެއްވުމުގެ ކުރިން ޗައިނާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެކި ދާއިރާތަކުން އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކުރަމުން އަންނަ އިރު، އެ ގައުމުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫނާރާނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“އެކި ދާއިރާތަކުން އެހެން ގައުމުތަކާ އެކު އަޅުގަނޑުމެންގެ ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރަމުންދާއިރު، ރާއްޖޭން ކުރާ ކަމެއްގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެ ކަން ރާއްޖޭން ޔަގީން ކުރާނެ،” މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުުފުޅާ ގުޅުވައިގެން ދެއްވި އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް އަދި ރަހުމަތްތެރިއެއް ކަމަށާއި އެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު ރާއްޖޭން ބަދަހި ގުޅުމެއް ބާއްވަމުން ގެންދާނެ ކަމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެއީ ދިވެހިން ބޭނުންވި ގޮތް ކަމަށެވެ. އަދި މި ފަހުން ދެ ގައުމުގެ ދެމެދުގައި ހިންގަމުން އަންނަ ކަންތައްތަކަށް ބަލާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ