ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުމާލެ ފޭސް 2 ގެ ބީޗް ފްރަންޓާއި ބީޗް ސައިޑުން އިތުރު 18 ބިމެއް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން 2 ބިމާއި ބީޗް ސައިޑުން 16 ބިމެވެ.
ބީޗް ފްރަންޓުގެ ބިންތަކުގެ ބޮޑުމިނަކީ 1،261 އަކަފޫޓާއި 1،454 އަކަފޫޓެވެ. މި ބިންތަކުގެ އަގު ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 4،500 ރުފިޔާގެ މަގުންނެވެ. ބީޗް ސައިޑުގެ ބިންތަކުގެ ބޮޑުމިން 1،316 އަކަފޫޓާއި 1،584 އަކަފޫޓާ ދެމެދުގައި ހުރި އިރު، އެންމެ ދަށް އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާއެވެ.
އެޗްޑީސީން ބުނާ ގޮތުގައި މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ނުވަތަ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބީލަން ހުށަހެޅޭނެއެވެ.
ބިން ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާނީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމާއި، ބޭނުންވެއްޖެ ހާލަތެއްގައި ބިޑް ކުރުމުގެ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.



