އަންނަ ދިރާސީ އާ އަހަރަށް މާލޭގެ ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ, ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވައްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު މާލޭގެ ސުކޫކުތަކަށް އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި އެ ފޯމް އެޑިއުކޭޝަން، މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ސުކޫލަށް ވެއްދުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 6 އެއް ކަމަށެވެ. ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސުންގަޑިއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިނިސްޓްރީން ވަނީ ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.



