ނިމިދިޔަ 2023 ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް 15،000 އަށްވުރެ ގިނަ ސައިކަލު އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން އާންމުކުރި މި ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަނީ 15،551 ސައިކަލު އެތެރެކޮށްފައެވެ. މީގެއިތުރުން މިދިޔަ އަހަރު ރާއްޖެއަށް 1،347 ކާރު އެތެރެކުރި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 109 ޤައުމަކު މުދާ އެތެރެކުރިކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500އަށްވުރެ ގިނަ ކާރު ހިމެނެއެވެ.
މާލޭގެ ޕާކިން މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.



