ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދަތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ޒުވާނުންނަށް ގޮވާލައްވައިފިއެވެ.
“އެކްސް”ގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ޒުވާނުންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.
ރައީސްގެ މެސެޖުގައި ޒުވާނުންނަށް އިރުޝާދު ދެއްވަމުން ވިދާޅުވެފައިވަނީ، “ޤައުމާއި މުޖުތަމަޢުއާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ދީންވެރި ބައެއްގެ ގޮތުގައި” ކުރިއަށް ދިއުމަށެވެ. މި ބަސްފުޅުން ރައީސް ވަނީ ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކަށް އަލިއަޅުވާލައްވާފައެވެ.
2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ޒުވާނުންގެ ޙައްޤުތަކާއި، އެމީހުންގެ ދައުރާއި، އަދި މުޖުތަމަޢުގައި ޒުވާނުން ކުޅެމުންދާ މުހިންމު ދައުރަށް އަލިއަޅުވާލުމަށް ފާހަގަކުރާ ދުވަހެކެވެ.




މަނިކުފާނުބާރަށްގޮވާލެއްވިޔަސް މެދުރާއްޖެތެރެއަށް ހައިސްޮީޓުފެރީއެއްނެތް ބާރައް ދަތުރުކުރެވޭނެފެރީއެއްނެތް