ފުލުހުންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކަށް ހާމަކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއުއެވެ.
ކޮމިޝަނަރ ޝުޖާއު ވިދާޅުވި ގޮތުގައި، މިހާތަނަށް ފުލުހުންނާ ބެހޭ މައްސަލަތަކުގެ ތަޙްޤީޤު ހިނގަމުންދާ ގޮތް މީޑިއާތަކަށް ހާމަނުކުރި ނަމަވެސް، މިހާރު އެހެން މައްސަލަތަކުގައި މަޢުލޫމާތު ދޭ އުސޫލުން މި މައްސަލަތަކުގެ މަޢުލޫމާތު ވެސް ހާމަކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ޝުޖާއު ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ ތެރެއިން 17 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މައްސަލަތައް ތަޙްޤީޤުކުރަމުން އަންނަނީ ވަރަށް ޕްރޮފެޝަނަލްކޮށެވެ.



