މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 5.11 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް އަވަސްކޮށް ނިންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މި ނިންމުމަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ހުށަހެޅުމަކަށް 69 މެންބަރުންގެ އިއްތިފާގުން ލިބުނު ތާއީދެކެވެ.
މި ހުށަހެޅުމުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
ބަޖެޓުގެ ބަހުސް މިއަދު މެންދުރުފަހު 1:30 އިން ފެށިގެން ކުރިއަށް ގެންގޮސް މިއަދު ނިންމާލުން.
ބަހުސްގައި ބައިވެރިވާން އެދޭ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ވަގުތުކޮޅެއް ދިނުން.
ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެއް ދުވަހުގެ މުއްދަތެއް ދިނުން.
ކޮމިޓީ ރިޕޯޓް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 2 މިނެޓު ދިނުން.
މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވަނީ ތާއީދުކުރައްވާފައެވެ.
މި ނިންމުމާއެކު، ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ. މިގޮތުން، ބަޖެޓުގެ ބަހުސް މިއަދު ނިމި، ކޮމިޓީ މ މަރުހަލާ މާދަމާ ނިމުމަށްފަހު، ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވެއެވެ.
މި ބަޖެޓަކީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ކޮންމެހެން ބޭނުންވާ ބަޖެޓެއް ކަމަށް ސަރުކާރުުކާރުން ބުނެފައިވާއިރު، އިދިކޮޅުން ވަނީ މި ބަޖެޓާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.



