އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތްތަކާއި މުބަރާތްތަކުގައި ދިވެހިން ބައިވެރިވުން ސަރުކާރުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ޔޫތު މިނސިްޓްރީއިން ބުނީ ދިވެހިންގެ ދިނާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތައްކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ.
މިސް ޔުނިވާސްގައި އަލަށް ރާއްޖެއިން ބައިވެރިވަނީ މަރިޔަމް ޝައިނާ ނަސީމް އެވެ. މެކްސިކޯގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމަށް ވިސާ ހަމަޖެއްސިކަން އެ ގައުމުގެ އެމްބަސީއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނޫސް ބަޔާނުގައި ޔޫތް މިނިސްޓްރީން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ވާދަކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެކަން ކުށްވެރިކޮށް، އެކަން ސަރުކާރުން ހުއްޓުވުމަށް ގެންދަވަނީ ގޮވާލައްވަމުންނެވެ.




މިސް ޔުނިވަރސް ގައިތަ؟ ބައިވެރި ނުވެވިގެން މިއުޅެނީ. ފުރަތަމަ، ޝަހާދަތުގެ ދެކަލިމަ އޭގެ ފުރިހަމަ މާނައާއެކު ކިޔަން އެނގޭ ހެއްޔެވެ؟ ދަންވަރުގެ ނިދި ޤުރުބާން ކޮށްލާފަވެސް ފުރިހަމަ ނަމާދެއް ކުރެވޭހާ ހިތްވަރެއް އެބަހުރި ހެއްޔެވެ؟. ބަލަ ފުރިހަމައަށް ނިވާވެ ﷲގެ ކޯފާއަށް ހުށަހޮޅި ނުގަނެ ބިރުވެތިވެ ބަލަ. ނީލަމުގައި ހުންނަ މުދަލަކީ ފުރިހަމަ އަގުގައި ހުންނަ ތަކެއްޗެއް ނޫންކަން ހަނދާން ކުރާށެވެ. އަސްތަޣްފިރުﷲ