ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ގައުމަށް ލިބޭނެ ރީތި ނަމެއް އަދި ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިސް މޯލްޑިވްސް މުބާރާތް އަންނަ މަހުގެ 14 ވަނަ ދުވަހު މެކްސިކޯގައި ފަށާއިރު، ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އުމުރުން 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ. މިއީ މިސް ޔުނިވާސްގައި ރާއްޖެއިން ބައިވެރިވާ ފުރަަތަމަ ފަަހަރުވެސް މެއެވެ.
ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
“وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.” ރެައީސް އެކްސްގައި އިތުރަށް ވިދާޅުވި އެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށް ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.