ހއ އަތޮޅުން ފެށިގެން މ އަތޮޅަށް އަނެއްކާވެސް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 8:15 އިން މެންދުރުފަހު 14:00 އަށެވެ. އަދި މިވަގުތުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. ހުޅަނގު މޫސުމުގައި މިހާރު މުޅި ރާއްޖެއަށް ދަނީ ވިއްސާރަކުރަމުންނެވެ. ނަމަވެސް ބައެއް ހިސާބުތަކަށް އުދައެރުމާއެކު ކަނޑުތައްވެސް ވަރަށް ގަދައެވެ.
ނެޝަނަަލް ޑިޒާސްޓަރ މެނޭޖްމަންޓުން ހާމަކުރާގޮތުގައި ކަނޑުދަތުރު ކުރާ އިރުގައާ އެއްގަމު އަދި ވައިގެ ދަތުރުތައް ކުރާއިރުވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.