ހިތް ފަސޭހަ ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.
މިގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގެ ހޭޅިއާއި މޫދަށް އެރޭ ސަރަހައްދު މިއަދު ވަނީ ސާފުކޮށްފައެވެ.
މިއީ އެޗްޑީސީގެ މުވައްޒަފުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އަދި އެ ސަރައްދު ސާފުކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހި ކުރުމަށް ގަސް އިންދުން ވެސް މިއަދު ކުރިއަށް ދިޔައެވެ.



ހުޅުމާލޭ ސާފު ކުރުމާއި ފެހި ކުރުމުގެ ހަރަކާތް ތައް މީގެ ކުރިން ވެސް ރާވައިގެން ކުރިއަށް ގެންދެއެވެ.
އުއްމީދަކީ މިފަދަ ގިނަ ހަރަކާތް ކުރިއަށް ގެންގޮސް، ހުޅުމާލެ އަކީ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.



