ސިފައިން އެއްޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުން ނަޞްރުގެ ދުވަހުގެ އިހުތިފާލުތައް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި އެއް ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއާއި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވިއެވެ.
ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައިވެއެވެ.



