- Advertisement -ad image

ސަރުކާރުގެ އިސް ސަފުގައި ތިބީ ވަގުންނާއި ގައްދާރުން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

މި ސަރުކާރާއި އިސް ސަފުގައި ތިއްބެވީ ވަގުންނާއި ގައްދާރުން ކަމަށް ކުރީ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ. މިފަހުން އެމަނިކުފާނު އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ އިނގިރޭސިބަހުން ގިނަ ޓުވީޓްތަކެއް ކުރައްވަމުންނެވެ.

މިއަދު ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އެބޭފުޅުން އެކަކު އަނެކަކަށް އަރާރުންވީނަމަވެސް އެއެންމެނަކީވެސް ހާއިނުން ކަމަށެވެ. އަދި  ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ މިހާރު “ޑެމޮނޮކްރެސީ” އެއް ކަމަށް އިދިކޮޅު ލީޑަރު ޔާމީންގެ ޓުވީޓްގައި ވިދާޅުވިއެވެ. ޑެމޮނޮކްރެސީ އަކީ، ޝައިތާނުންނަށްވުރެ، ނުބައި ނުލަފާ މީހުން ހިންގާ ސަރުކާރުތަކަށް ނިސްބަތްކޮށް އިނގިރޭސި ބަހުން ބޭނުންކުރާ ބަހެކެވެ.

މީގެއިތުރުންވެސް ސަރުކާރުގައި ތިއްބެވީ ގައްދާރުންނާއި ހާއިނުން ކަމަށް ތުހުމަތު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އިސްވެރިން ކޮންޓްރޯލްކުރާ މަތީ ބާރެއް އޮންނަ ކަމަށެވެ. އެހެންކަމުން އެ ޕަޕެޓް މާސްޓަރު” “އެމީހުންގެ ވާފަށްތަކަށް މާ ގަދަޔަށް ދަމާލުމުން” ފަހަރަކު މީހެއް އެކަކު އެނެކަކާއި ދެކޮޅުވެރިވާން ފަށާކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން އިނގިރޭސިބަހުން މިގޮތަށް ޓުވީޓް ކުރައްވަން ފެށުމުން ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ