- Advertisement -ad image

އެހެންމީހަކު މެދުވެރިކޮށް އެސައިންމަންޓް ހަދައިފިނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް

ad image

ގުޅުންހުރި ލިޔުންތައް

ކޮލެޖު ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރަކު ނިންމަންޖެހޭ އެސައިންމަންޓްތައް އެހެން މީހަކު މެދުވެރިކޮށް ކުރާނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށް ގަވައިދު އެކުލަވައިލައިފިއެވެ

ކިޔަވަމުންދާ ދަރިވަރު އަމިއްލައަށް ކުރަންޖެހޭ މަސައްކަތް އެހެންމީހަކު ލައްވާ ކުރުވައިފިނަމަ ޖޫރިމަނާ ކުރާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2021 ވަނަ އަހަރުގެ އެޕްރީލްމަހުއެވެ.

މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ” ގަވައިދުގައި ވަނީ އެފަދަ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މާއްދާތަކާ ގުޅުންހުރި މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅު އެޅުމާއެކު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ރިޕޯޓެއް ރަސްމީ 3 ދުވަހުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ

މަތީތައުލީމު ހާސިލް ކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ކިޔަވަމުންދާއިރު ބައެއް ފަރާތްތުން އެސައިންމަންޓް މީހުނަށް އަގުދީގެންވެސަ ކުރަމުން އާދެއެވެ. އަދި އަގަށް އެސައިންމަންޓް ހަދައިދޭ ކަމަށް ސޯޝަލްމީޑިޔާގައި ބައެއް މީހުން އިޝްތިހާރުވެސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ