- Advertisement -ad image

ވިލިމާލެ ދާއިރާގެ ވޯޓު ފޮއްޓެއްގެ ދެ ކަރުދާސް ބަލަން އީސީން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމުގެ ބައި-އިލެކްޝަނުގެ ވޯޓުގައި ބެހެއްޓި ފޮއްޓެއްގެ ދެ ކަރުދާސް އަލުން ބަލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ނާޒިމާ ކާމިޔާބު ކުރީ އެމްއެންޕީގެ ކެންޑިޑޭޓާއި ވާދަކޮށް އެން ވޯޓެއްގެ ތަފާތުންނެވެ.

 އެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދިނުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ އިން ވަނީ އީސީއަށް ހުށަޅާފައެވެ.

އިންތިހާބުގައި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. އީސީން ބުނީ މި ބައި އިލެކްޝަނާއި ގުޅިގެން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު ވިލިމާލެ މުހިއްޔިއްދީން ސްކޫލްގައި ބެހެއްޓި 1 ނަންބަރު ވޯޓުފޮށި ކަނޑާ ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ