- Advertisement -ad image

ސިޓީ ކައުންސިލްގެ ވިލިމާލެ ވޯޓު އަލުން ގުނުމުންވެސް ގޮނޑި ޕީޕީއެމްއަށް

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމުގެ ބައި-އިލެކްޝަނުގެ ވޯޓު އަލުން ގުނުމުންވެސް ގޮނޑި ޕީޕީއެމްއަށް ލިބިއްޖެއެވެ.

މި ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ނާޒިމާ ކާމިޔާބު ކުރީ އެމްއެންޕީގެ ކެންޑިޑޭޓާއި ވާދަކޮށް އެއް ވޯޓެއްގެ ތަފާތުންނެވެ. 

 އެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދިނުމަށް އެދި އިލެކްޝަނަށް ހުށަހެޅީ މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ އިންނެވެ.

އިންތިހާބުގައި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. މި ބައި އިލެކްޝަނާއި ގުޅިގެން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު ވިލިމާލެ މުހިއްޔިއްދީން ސްކޫލްގައި ބެހެއްޓި 1 ނަންބަރު ވޯޓުފޮށި ކަނޑާ ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކް ކުރީ މިރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ