ހަށި ވިއްކުމުގައި އުޅުނު ހަތް މީހަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހާއްސަ އިންސްޕެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ފަސް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ ހަތަރު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.