- Advertisement -ad image

އުއްމީދު ކުރި ދުވެލީގައި ދަތުރުފަތުރުގެ ނިޒާމު ކުރިއަކަށް ނުގެންދެވުނު: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުނަ ގުޅާލުމަށް ކުރި މަސައްކަތް އުއްމޫފުކުރި ދުވެލީގައި ކުރިއަށް ނުގެންދެވުނު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނޭޝަނަލް ޕްލޭނިން، އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ލާމަރުކަޒީ ރާއްޖެއަކަށް ބަދަލު ކުރުމުގެ އެންމެ ބޮޑު ފަސޭހައަކަށް ވެގެންދާނީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއް ގާއިމު ކުރެވިގެން ކަމަށެވެ. އަދި ވަކިވަކިވެފައިވާ ރަށްތައް އެކީ އެކަށް ތަރައްގޫކުރެވޭނީ ވެސް ދަތުފަތުރުގެ ނިޒާމަކުން އެއް ރަށް އަނެއް ރަށާއު ގުޅާލެވިގެން ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

ހައި ސްޕީޑް ފެރީގެ ނިޒާމާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ ހދ އަތޮޚުގައި މިހާރު އެ ހިދުމަތް ފެށިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދަނީ އެ ނިޒާމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަރުހަލާ ކަމަށާއި އެގޮތުން މި ހަފުތާގެ ނިޔަލަށް އެ ފެރީތަކުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިއަހަރު ޖޫން މަހު ހއ.އަތޮޅަށް އަދި ޖުލައިގެ ނިޔަލަށް ށ.އަތޮޅަށް ދަތުރުފަތުރުގެ ނިޒާމު ތައާރަފުކުރެވޭނެ ކަމަށާއި އަދި މިހާރު ކުރަމުންދާ ދަތުރުތަކަށް ބަލާއިރު ހދ.ގެ އެއް ރަށް ފިޔަވައި ހުރިހައި ރަށަކުން ދުވާލަކު ދެ ދަތުރުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ