- Advertisement -ad image

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭ ކުރި މީހާ ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުالله ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ ގޭޓަށް އެމަނިކުފާނު ހައްޔަރު ކުރަން ގޮވާލައި ސްޕްރޭ ކުރި މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އިދިކޮޅު ލީޑަރު ޔާމީނުގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި މަހުގެ ސޯޅަ ވަނަ ދުވަހުގައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް އޭނާ ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭ ކޮށްގެން ހައްޔަރު ކުރީ ކާކުކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ