ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އދ. މަހިބަދޫއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އަރިއަތޮޅު ދެކުނުބުރީގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް މަހިބަދޫއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ސެކްރެޓޭރިއެޓްގައި ބޭއްވުނު ބައްދަލުވުމެއްގައި މަހިބަދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންގެ މުހިންމު ބޭނުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު ބައްލަވާލައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.