މާލޭގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ހަވީރީ ހިނގުމުގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް”އަށް ބަޔަކު ވަދެ, ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކައި، މުދަލަށް ގެއްލުން ދިން މައްސަލައިގައި އުމުރުން 31 އަހަރުގެ އަހުމަދު ތައުފީގު، ވައިލެޓްމާގެ، ގއ. ދެއްވަދޫ އަދި އުމުރުން 44 އަހަރުގެ އަސަދުﷲ ޚާތިމް، މީޒާން، ބ. ތުޅާދޫ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 12:40 ހާއިރެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން ތަހުގީގު މަރުހަލާ އާއިި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ.
އެ ހާދިސާއާ ގުޅުން ހުރި ވީޑިއޯއެއް ދައުރުވެފައިވާއިރު، އެ ވީޑިއޯއިން މީހަކު އެތަނުގައި ހުންނަ ބައެއް ތަކެއްޗަށް ގެއްލުން ދޭ މަންޒަރު ފެނެއެވެ. އަދި، އެ މަންޒަރު ވީޑިއޯ ކުރަން އިން މީހަކަށް އިންޒާރު ދޭ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.