މިހާރުކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޮޑުވެ ވެލި ބަސްތާ ޖަހަން ސިފައިން ނިކުމެއްޖެއެވެ.
އިއްޔެއިން ފެށިގެން މާލެއަށް އަންނަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ. އަދި މުޅި މާލޭގައި ފެންބޮޑުވެ ޢާންމުންނަށާއި ދަތުރުފަތުރަށް ވަނީ ދަތިވެފައެވެ. މިގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގޭބީސީތަކާއި ފިހާރަތަކަށްވެސް ވަނީ ފެންވަދެފައެވެ. އަދި ބައެއް ތަންތަނުގައިވަނީ ވެލިބަސްތާ ޖަހާފައެވެ.
މާލޭގައި ފެންބޮޑުވެފައިވާތީ، އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތްްކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށާއި، މިގޮތުން ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެ ސަރަހައްދުތަކުގެތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.