ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަންކޮށްފިއެވެ.
މަމައުރޫފް ޖަމީލަކީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތުގައި އިސްކޮށްއުޅުއްވި ބޭފުޅެކެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މަޢުރޫފް އައްޔަންކުރައްވާފައިމިވަނީ ކުރިން އެމަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ އެ މަޤާމުން އިސްތިއުފާދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ތަހުގީގްކުރަމުންދާތީ، އެ ތަހުގީގަށް ފުރުޞަތު ދިނުމަށެވެ.