Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އައު އަހަރު ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ފަށައިފިއެވެ.

މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް، ވީ.ސީ.ޕީތައް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުތަކާއި ފޭސް 2 ގެ ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަހައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައިފާސްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަރަހައްދުތައްވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.
މި އޮޕަރޭޝަން ފައްޓަވައި ދެއްވައި، މުވައްޒަފުންނާ މުހާތަބުކޮށް އޮޕަރޭޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ވިޝާމް ދެއްވި ވާހަކަފުޅުގައި މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުން އިތުރުކޮށް، ހުޅުމާލޭތެރެ ހަލަބޮލިވިޔަ ނުދިނުމަށާއި ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ތެރެ އަމާންކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި މިދުވަސްވަރަކީ ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ހަރަކާތްތައް އިތުރު ދުވަސްކޮޅެއްކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށްވެސް އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލީގެ ދަށުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، އެއަރޕޯޓް ޕޮލިސް އަދި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރޭވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ