އާ އަހަރާއި ދިމާކޮށް މި ހިނގާ ޑިސެމްބަރު މަގު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ރާއްޖެއަށް އައިސްފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނެފި އެވެ.
އެމްއޭސީއެލްއިން ބުނީ މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް އެކަނިވެސް 148 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވާ ކަމަށެވެ.
އަދި އެއީ މިއީ މިދިޔަ 2023 ވަނަ އަހަރާއި ބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް އެމްއޭސީއެލް އިން ހާމަކުރެއެވެ.
މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ. މިއީ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިން ޖެޓުތަކުގައި އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އާދެއެވެ.