ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.
މީލާދީ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެގޮތުން ހަވާ އަރެވުމުގެ މިހަރަކާތް ކުރިއަށްދާނީ 5 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހަރަކާތާއި ގުޅިގެން މީގެ ކުރިން ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
އާ އަހަރު ފާހަގަކުރުމަށް “މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް” ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ އާއި ބުދަ ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ދާނެއެވެ.