- Advertisement -ad image

ކަދުރު ބަހާނީ، ކަދުރު ބަލާ ހާޒިރުވާ ތަރުތީބުން: މިނިސްޓްރީ

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރުދީފައެވެ.

އަދި މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން ފަގޫރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި ކޮންމެ ގޭބިސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރު ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ސައުދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށާއި ގޭބިސީތަކަށް ކަދުރު ބަހާނީ ކަދުރާއި ހަވާލުވާ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު ބެލުމަށްފަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ގައުމުތަކަށް ރަމަޟާންމަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ގައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ