ގދ.ނަޑެއްލާގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ. ނަޑެއްލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު އަންޝާއުއެވެ.
ނަޑެއްލާގެ އިތުރުން ހޯނޑެއްދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާވެސް މިއަދުވަނީ ހަވާލުކޮށްފައެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ނިންމާ، މިއަހަރުގެ މާރޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައެވެ.