ހުޅުމާލޭ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށެވެ.
ބޯކޮށް ވާރޭވެހިއްޖެނަމަ، ފެން ބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ދިމާވެއެވެ.