އަންނަ ރޯދައިގެ ކުރިން ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ ދަރަނި ދެއްކޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ފެނަކާއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ގިނަ ޖަނެރޭޓަރުތައް ހުރީ ބަދަލުކުރަން ޖެހިފައި ކަމަށާއި، ސަރުކާރާ ހަވާލުވި އިރު އެތައް އަހަރެއް ވެފަ އޮތީ އެތަންތަން ރަނގަޅަށް ނުބަލަހައްޓާތާ ކަމަށެވެ.
އަދި މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ފައިސާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޭދަ ކުރަން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެންމެ ރަށެއްވެސް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން، މި ދެމަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރަމަޝާން މަހު ތިބޭފުޅުން ކަންބޮޑުވެޖެހިވަޑައިނުގަންނަވާ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.