އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ 85 އަހަރުގެ ދިވެއްސަކަށް ނިއުމޯނިޔާ ޖެހި، މިވަގުތު މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ނިައުމޯނިއާ ޖެހިފައިވަނީ އުމްރާގެ އަޅުކަމަށް ދިޔަ 85 އަހަރުގެ ފިރިހެނަކަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގަިއ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެމީހާ ގެންދިޔަ ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅަށް އަޅާލަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މިވަގުތު އާއިލާގެ މެންބަރަކު އޭނާގެ ގާތުގައި ނެތްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“އެ ބޭފުޅާގެ ދަރިޔަކު މާދަމާ މައްކާއަށް އަންނަވާ ގޮތަށް ހަމަޖެހިފައިވޭ. އަޅުގަނޑު މިއަދު އެ ދަރިފުޅާއާވެސް ވާހަކަދެއްކިން. އިންޝާ ﷲ ގާތުން މިކަންކަން ބަލާނަން.” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.