ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައު ބޭފުޅަކު އައްޔަނުކޮށްފިއެވެ. މި މަޤާމަށް އައްޔަނުކޮށްފައިވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން އަންނަ މުއާޒު ހަލީމެވެ.
މުއާޒު ހަލީމު މި މަޤާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒު އަދުނާންގެ ބަދަލުގައެވެ. ޒީނާޒު މި މަޤާމަށް އައްޔަނުކޮށްފައިވަނީ މި ދިޔަ 2024 ވަނަ އަހަރުގެ މެއި 24 ވަނަ ދުވަހުއެވެ. ނަމަވެސް، ޒީނާޒު މި މަޤާމުން ވަކިކުރި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި ބަދަލާ ގުޅިގެން ޕާޓީގެ އިދާރީ ހިންގުމަށް އަންނާނެ ބަދަލުތަކާމެދު އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއް ނުވެއެވެ.