- Advertisement -ad image

ވައިގެމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ބްރެޒިލްއިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގަންފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާމެދު ޝައްކު ކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖް ބަލާ ފާސްކުރުމުގައި، ތެރޭގައި ޝައްކު ކުރެވޭ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

އަދި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ކޮކެއިންނަށް ޕޮޒިޓިވްވެފައި ކަމަށްވެސް އެ ސަރވިސްއިން ހާމަކުރެއެވެ. މިމައްސަލައިގާ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.64 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީގެ އަގު ދިހަ މިލިއަން ރުފިޔާ އަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީބުނެފައެވެ.

ފަހަކަށް އައިސް ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ދަނީ އަތުލައިގަންނަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުވެސް ވަނީ ބްރެޒިލްއިން ރާއްޖެއައި ދެމީހެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ