އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި އިއްޔެ މަޤާމާ ހަވާލުވެވަޑައިގަތް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށާއި، އަދި މި ހާލަތާ ކުރިމަތިލެއްވުމަށް ޓްރަމްޕްގެ ލީޑަޝިޕްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެ. ޓްރަމްގެ އިދާރާއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެއްޖެއެވެ.
“ދެ ޤައުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދުނިޔޭގެ ސުލްޙައަށް މަސައްކަތްކުރުމަށާއި، އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެމެރިކާގެ އައު ސަރުކާރާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް ހުރި,” ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
78 އަހަރުގެ ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތް 47 ވަނަ ފަރާތެވެ. މިއީ ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. އޭނާ ފުރަތަމަ ދައުރު ފުރުއްވާފައިވަނީ 2016 އިން 2020 އަށެވެ.