މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށެވެ.
އެގޮތުން ހަވާ އަރުވަނީ ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުންނެވެ. ހަވާ އަރުވަނީ މިރޭ 21:30 ގައެވެ.
އަމިއްލަ ފަރާތްތަކުން އެދިގެން އެކި ހަފުލާތަކުގައި މިހާރު ހަވާ އެރުވުމަކީ ވަރަށް އާއްމު ކަމެކެވެ.
