ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދެ އައު މެންބަރުން އައްޔަންކުރައްވައިފިއެވެ. މި ދެ މެންބަރުންނަކީ އަޙްމަދު ނާޝިދު (މއ. ގޯލްޑަންމޫން) އަދި ޢަބްދުﷲ ނާޝިދު (ރ. އަލިފުށި، ފަސާނާ) އެވެ.
އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑުގެ މެންބަރެއް ކަމަށްވުމާއެކު، ކުރީގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ދެ ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންނަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކޮށްދެއްވިއެވެ.